
މަރަޑޯނާ އަލުން އެނބުރި ފުޓްބޯޅައިގެ ތެރެއަށް އަންނަން ކެތްމަދުވެފައިވާ ކަމަށް ބުނީ ކޮރޯނާއާ ގުޅިގެން މުޅި ދުނިޔޭގެ ފުޓްބޯޅަ ހުއްޓިފައިވާތީ އެވެ.
އުމުރުން ފަންސާސް ނުވަ އަހަރުގެ މަރަޑޯނާއަކީ އާޖެންޓީނާގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމަށްވާ ޖިމްނާސިއާގެ ހެޑް ކޯޗެވެ. މާޗު މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން އާޖެންޓީނާގައި ވެސް ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. އަދި އަލުން ފުޓްބޯޅަ ފެށޭނެ ތާރީހެއް އަދި ސާފެއް ނުވާއިރު މަރަޑޯނާ ބުނީ، އަލުން އެނބުރި އަންނަން ކެތްމަދުވެފައިވާ ކަމަށެވެ.
ނަވާރަ ސަތޭކަ އަށްޑިހަ ވަނަ އަހަރު، އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަނަކީ މަރަޑޯނާ އެވެ. އޭނާއަކީ ކާމިޔާބު ކުޅުންތެރިއެއް ނަމަވެސް ކޯޗިންގައި މާބޮޑު ކާމިޔާބެއް ހާސިލުކުރެވިއެއް ނުވެ އެވެ. އޭނާވަނީ ދެހާސް ދިހަވަނަ އަހަރު އޮތް ވޯލްޑްކަޕުގައި އާޖެންޓީނާއަށް ކޯޗުކޮށްދީފަ އެވެ. ފީފާއިން ހޮވި ވިހިވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި މަރަޑޯނާ ހިމެނިފައިވެ އެވެ. އޭނާވަނީ ޔޫއޭއީގެ ކްލަބަކަށްވެސް ކޯޗު ކޮށްދީފަ އެވެ.