ads
ސުނިލް ޝެޓީ އޭނާގެ ދަރިފުޅު އާތިޔާ ޝެޓީއާއެކު
ސުނިލްސެޓީގެ ދަރިފުޅުގެ ގެެއައަށް ފޭރޭ މީހަކު ވަދެގެއްލުންދީފި
މުންބާއީގެ ޕާލީ ހިލް ސަރަހައްދުގައި ހުންނަ ސަންދޫ ޕެލަސް ކޯ-އޮޕް ހައުސިން ސޮސައިޓީއަށް ފޭރޭ މީހަކު ވަދެއްޖެއެވެ.
Advertisement

މި އިމާރާތަކީ ބޮލީވުޑް ތަރި ކްރިތި ސަނޮންއާއި ޖާވިދް ޖައާފަރީ އަދި ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލްއާއި އޭނާގެ އަންހެނުން އަދި ސުނިލް ސެޓީގެ ދަރިފުޅު އަތިޔާ ޝެޓީ ދިރިއުޅޭ އިމާރާތެކެވެ. މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ރިޕޯޓުތަކުން ދައްކާގޮތުގައި މި މީހާ އިމާރާތުގެ ލިފްޓް ތެރެއަށް ބޮޑެތި ހިލަތައް ލައި ލިފްޓް ހަލާކުކޮށްލިއެވެ. އަދި ސެކިއުރިޓީ ކެމެރާތަކަށް އަދަބުގެއްލޭ އިޝާރާތްތައް ދެއްކިކަން ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ. ހާރު ޕޮލިސްއިން ވަނީ އޭނާގެ ކާރު ނަންބަރު ދެނެގަނެ އޭނާ ހޯދާފައެވެ. ނަމަވެސް އޭނާ ހޮސްޕިޓަލުގައި އެޑްމިޓްވެފައި އޮތުމާއެކު، އޭނާ ހޮސްޕިޓަލުން ނެރެންދެން އޭނާއާ ސުވާލުނުކުރާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އިމާރާތުގެ ސެކިއުރިޓީ ސުޕަވައިޒަރު ޝިޔާމް ޕާންޑޭ ވަނީ މި މީހާއަށް ގެސްޓް ޕާކިން އޭރިއާގައި ކާރު ޕާކުކުރުމަށް ހުއްދަދީފައެވެ. ނަމަވެސް އޭނާ ބޭސްމަންޓް 1 ގައި ކާރު ޕާކުކޮށް، ފާހާނާއަށް ދާންޖެހޭ ކަމަށް ބުނެ އޭނާގެ ކާރު ތަޅުދަނޑި ސެކިއުރިޓީ ގާޑު ޖާވިދް ނަވާދުއާ ހަވާލުކުރިއެވެ. އޭގެ ފަހުން އޭނާ އިމާރާތުގެ 14 ވަނަ އަދި 17 ވަނަ ފަންގިފިލާއަށް ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ސެކިއުރިޓީ މުވައްޒަފުން ރެސިޑެންޓުންނާ ވެރިފައިކުރުމަށްފަހު އޭނާ ވަނުން މަނާކޮށް އިމާރާތުން ބޭރަށް ނެރުނެވެ. މުންބާއީގައި މި ފަދަ ސެކިއުރިޓީ ހާދިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް