
ޙަސަން ޔާމީން
މާލޭން ޒުވާނަކު ގެއްލިގެން ހޯދަނީ
އަހުމަދު ހަސަން
15 ޖުލައި 2025 - 23:33:25
މާލޭން ޒުވާނަކު ގެއްލިގެން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) އެވެ. ފުލުހުން ބުނި ގޮތުގައި ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވެއެވެ.
ޙަސަން ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް