ads
ޓޫރިސްޓެއްގެ ފޮޓޯނަގަނީ
ވިޒިޓް މޯލްޑިވްސްއިން ވީޑިއޯ ޕްރޮޑަކްޝަން ފާމްތަކަށް ފުރުސަތު ހުޅުވާލައިފި
ރާއްޖެ އިޝްތިހާރުކުރުމަށް ކްރިއޭޓިވް ކޮންޓެންޓް އަދި ވީޑިއޯ ޕްރޮޑަކްޝަން ތައްޔާރުކޮށްދޭނެ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

މި މަސައްކަތަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. ވިޒިޓް މޯލްޑިވްސްއިން ކުރި އިއުލާނުގައި ބުނީ، އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް ވީޑިއޯ ތައްޔާރުކޮށްދޭނެ ވީޑިއޯ ޕްރޮޑަކްޝަން ފާމެއް އަދި ކްރިއޭޓިވް ކޮންޓެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެއެވެ. އަދި މި މަސައްކަތާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަންނާނެކަމަށެވެ.

މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ މުހިންމު ޒިންމާ އަދާކުރަމުން އަންނަ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މިދިޔަ އަހަރު ޑެސްޓިނޭޝަން މާކެޓިން ދާއިރާގައި 21 އަށްވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން ވަނީ ކުރިއަށް ގެންގޮސްފައެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި މި ފަދަ ކެމްޕޭންތަކަކީ ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް