ads
ސްރީ ލަންކާގެ ކޮލަމްބޯގައި، މަދިރި މަދުކުރުމަށް 2017 ވަނަ އަހަރު ފޮގް ކުރަނީ. --ފޮޓޯ:އޭޕީ
ލަންކާގައި މި އަހަރުގެ ޑެންގީ ޖެހުނު މީހުންގެ އަދަދު ބައި ލައްކައަށް ވުރެ މައްޗަށް!
ސްރީ ލަންކާގެ ގިނަ އަދަދެއްގެ ޑިސްޓްރިކްޓެއްގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނެފި އެވެ.
Advertisement

މި ފަހުން ލަންކާގައި ދަނީ ކޮންމެ އަހަރަކު ވެސް ޑެންގީގެ ކޭސްތައް އިތުރުވަމުންނެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި ބަލިމަޑުކަމެއް ރެކޯޑު ކުރެވުނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު 186،000 އަށްވުރެ ގިނަ ކޭސް ރެކޯޑު ކުރެވުނުއިރު، 440 އަށްވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.

ޑެންގީ ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހޮސްޕިޓަލްތަކަށް ބާރުބޮޑުވަމުންދާ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދެއްވައިފަ އެވެ. އަދި މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ބަލީގެ އަލާމާތްތައް ފެނުމުން ލަސްނުކޮށް އަވަހަށް ފަރުވާ ހޯދުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ. 

ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނީ ލަންކާގައި މިހާރު ޑެންގީ ވަނީ އާންމު ބައްޔަކަށް ވެފައި ކަމަށާއި މި އަހަރުގެ މިހާތަނަށް އެ ބަލީގައި 29 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި  މި އަހަރުގެ މިހާތަނަށް ޑެންގީ ހުމުގެ 51،044 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނެފި އެވެ.  

ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުގެ އެކްޓިން ޑިރެކްޓަރު ކަޕިލާ ކަންނަންގަރާއާ ހަވާލާދީ "ޑެއިލީ މިރާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްރީ ލަންކާގައި ކޮންމެ ދުވަހަކުވެސް އަލަށް 600 އާއި 700 އާ ދެމެދުގެ އަދަދަކަށް ޑެންގީ ކޭސްތައް ރިޕޯޓްކުރެ އެވެ. ލަންކާގެ އިތުރު މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، މި ކޭސްތަކުގެ ގާތްގަނޑަކަށް 51 ޕަސެންޓް ހިއްސާކުރަނީ ވެސްޓާން ޕްރޮވިންސުންނެވެ.  

ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުން ދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ މި ހުމުގެ ނުރައްކާ ކުރިމަތިވެފަ އެވެ. އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި މިހާރު އަހަރަކު 100-400 މިލިއަން މީހުންނަށް މުޅި ދުނިޔޭގައި މި ހުން ޖެހެ އެވެ. 

އިންޑިއާގައި އެކަނި ވެސް 2021 ވަނަ އަހަރުން ފެށިގެން މިލިއަނަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފަހަކަށް އައިސް، ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ ޖެނުއަރީ މަހުން ފެށިގެން ހުއްޓުމެއްނެތި އެކިގައުމުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މަދިރި އާލާވުމަށް ފަހި މާހައުލެއް އުފެދުމުންނެވެ. 

ޑެންގީ ހުމުން ރައްކާތެރިވާން ކުރެވިދާނެ ކަންތައް

- ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ބޭނުންކުރުން

- ފަތިސް ގަޑީގައި އަދި ހަވީރާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން

- ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން

ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާ

- އަރާމުކުރުން

- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން. ފައިދާ ހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެން، ލޮނުޕެކެޓު، ސޫޕް ފަދަ ތަކެތި ހިމެނޭ

- ހުން މަޑުކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓްމޯލް ބޭނުންކުރެވިދާނެ. ތިން ދުވަހަށް ވެސް އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;