ads
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު - ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ދަށްވާކަމަށް ބުނެ ކަންބޮޑުވުން
ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ދަށްވަމުންދާ ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
Advertisement

މިކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއާއި، އެމްކިއުއޭއިން ގުޅިގެން ބައްދަލުވުމެއް ބާއްވާފައިވެއެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްކިއުއޭގެ ސީއީއޯ ފިޒާނާ ވިދާޅުވީ ހެދިފައިވާ ގަވާއިދުތައް ރަނގަޅަށް ތަންފީޒު ނުކުރެވުމުގެ ސަބަބުން މަތީ ތައުލީމީ ނިޒާމަށް އެދެވޭ ބަދަލެއް އައިސްފައި ނުވާކަމަށެވެ. އަދި މިހާރު މުޖުތަމައުގައި ދެކެވޭ ވާހަކަތަކުގެ ތެރޭގައި ކިޔަވައިގެން ނިކުންނަ ކުދިންގެ ފެންވަރު ދަށްކަމަށާއި، ސަނަދު ހޯދަނީ މީހަކު ލައްވާ އަގު ދީގެން ކަމަށާއި، އެއްފަހަރާ ދެ ވަޒީފާއަކަށް ދަމުން ދަރިވަރުން ޑިގްރީ ހަދާކަމަށް ބުނާ އަޑުތައް އިވޭކަމަށް ވިދާޅުވިއެވެ.

ފިޒާނާ އިތުރަށް ފާހަގަކުރެއްވީ ކޯސްތައް ޕާޓް-ޓައިމްކޮށް ހިންގާކަމަށް ބުނި ނަމަވެސް މީގެ މާނަ އޮޅިފައިވާކަމަށެވެ. ޕާޓް-ޓައިމްގެ ނަމުގައި ކިޔަވަމުންދާއިރު ފުލް-ޓައިމް ކޯހެއްގެ މަސައްކަތުގެ ބުރަދަން އުފުލަމުންދާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާކަމަށާއި މީގެ ސަބަބުން ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރަށް އަސަރުކުރާކަމަށެވެ. މި މަޝްވަރާ ބައްދަލުވުމުގައި 80 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، 11 ކޮލެޖަކާއި 2 ޔުނިވަރސިޓީއާއި އަދި އާންމު އަދި ސަރުކާރުގެ 12 އިންސްޓިޓިއުޝަން ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް