
ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. ބ.އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެ އަތޮޅުގެ ހުރިހާ ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެހެނިހެން އިދާރާތަކާއެކު ބައްދަލުކޮށް މަޝްވަރާކުރުމަށާއި މައުލޫމާތު ދިނުމަށްޓަކައި މި މިނިސްޓްރީގެ ޓީމާއި އެމް.ޓީ.ސީ.ސީގެ ޓީމު މިހާރު ވަނީ ބ އަތޮޅަށް ދަތުރުތައް ފަށާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ފުރަތަމަ ހަފްތާގައި ހިލޭ ދަތުރުކުރެވޭނެކަމަށާއި ދަތުރުތަކަށް ފީ ނަގަން ފަށާނީ 4 އޮގަސްޓުން ފެށިގެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ބ. އެއަތޮޅުގައި ހިދުމަތް ފަށާއިރު، ދަތުރުތައް ބާއްވާނީ 2 ރޫޓަށްކަމަށް މިނިސްޓްރީން ބުނެއެވެ. ހިދުމަތަށް ބޭނުންކުރާ 2 ލޯންޗް އެ އަތޮޅަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއާޕޯޓް ހިދުމަތާއި އާންމު އެހެނިހެން ހިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާގޮތަށްކަމަށް ޓްޜާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ބ. އަތޮޅުގައި ފެރީ ހިދުމަތް ފަށަން މަޝްވަރާކުރަނީ
ޖީބަށް ލުއި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުންނެވެ. ނ އަތޮޅާއި ރ. އަތޮޅުގައި މި ހިދުމަތް ފެށި މި ސަރުކާރުންނެވެ. ބ. އަތޮޅުގައި ހިދުމަތް ފެށުމުން 11 އަތޮޅުގައި މި ހިދުމަތް ލިބޭނެއެވެ. އެ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ރ، ޅ،ގއ، ގދ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއެވެ.
އެމްޓީސީސީން ބުނީ ބާކީ އޮތް 09 އަތޮޅުގައި މި ހިދުމަތް ފެށުމަށްް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ