
ރާއްޖޭގެ ތައުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންޑަގްރެޖުއޭޓް ޑީގްރީ ސަނަދުން ފެށިގެން ދަށުގެ ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކުލާސްތައް ބޭއްވުން މުހިންމުކަމަށެވެ.
މި މައްސަލައަކީ ތައުލީމު ފެންވަރު ކަށަވަރުކުރުމާއި، މުޅި ނިޒާމުގެ ނަޒާހަތްތެރިކަމަށްވެސް އޮތް ނުރައްކާތެރި މައްސަލައެއްކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް 3 އަހަރުތެރޭގައި އަންޑަގްރެޖުއޭޓް ޑީގްރީ ސަނަދުން ފެށިގެން ދަށުގެ ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކުލާސްތައް ބޭއްވުމަށް ވަގުތު ރޮނގެއް އެކުލަވާލަން ޖެހޭކަމަށެވެ. އަދި ޒުވާނުންނަށް ހިތްވަރުދީ މަގުފަހިކޮށްދޭންވާނީ ދުވާލުގެ ދަނފަޅިތަކުގައި މަސައްކަތުން ވީއްލި ފުލްޓައިމްކޮށް ކިޔެވުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު މަތީ ތައުލީމު ދޭ 2 ޔުނިވަރސިޓީއާއި، 12 ކޮލެޖަކާއި، ޕޮލިޓެކްނިކްއަކާއި، 90 ޕްރައިވެޓް އިންސްޓިޓިއުޓާއި، 27 ޕަބްލިކް އިންސްޓިޓިއުޓް ހުރިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.