
މަގުމަތީގައި ޓްރެފިކް ފުލުހަކު ހަރަކާތްތެރިވަނީ
ފުލުހުންގެ ސައިކަލުގައި، ސައިކަލުން ޖެއްސައި ފިލަން އުޅުނިކޮށް ހައްޔަރު
ގުފްތަގް އަޖީރު
16 ޖުލައި 2025 - 16:29:22
މާލޭގެ މަގެއްގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ބުނީ، މިދިޔަ މަހުގެ 14 ވަނަ ދުވަހު ހަވީރު 16:58 ހާއިރު ސިއްތިމާވާ ހިނގުމުގައި ފުލުހުންނަށް ތ. ގުރައިދޫ / ފިނިހިޔާގެ ޝަޔާން ބިން ރިލުވާން ފެނުނު ކަމަށެވެ.
"އޭނާގެ އަމަލުތައް ހުރިގޮތުން ފުލުހުން އޭނާ މަޑުކުރަން އެންގުމުން މަޑުނުކޮށް ފުލުހުންގެ ސައިކަލުގައި ޖެއްސުމަށްފަހު ދާން އުޅުނު މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާ،" ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދީފައިވާ މައުލޫމާތުގައި ޝަޔާންގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށްވެސް ބުނެފައިވެއެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދުކުރަން ނިންމާފައިވާއިރު، ފުލުހުން ވަނީ އޭނާ ގެންގުޅުނު ސައިކަލު ޓޯކޮށްފައެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް