
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިއަދު މިއޮތީ "ނާށިގަނޑު ހިފައިގެން ސަލާންޖަހާ" ހިސާބުގައި ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރެއްވި ރައީސް ޔާމީން ވިދާޅުވީ ގައުމަށް މިވަގުތު ބޭނުންވަނީ އިގްތިސާދީ ދަތިކަމުން އަރައިގަނެވޭނެ ވިޝަނެއް ބޭނުންވާ ކަމަށެވެ. ގައުމުގެ ކްރެޑިޓް ރޭޓިން މިހާ ދަށްވެފައި އޮތްއިރު އިތުރު ސުކޫކު ނެގުމަކީ ރައީސް ޔާމީން ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ގައުމުގެ މިހާރުގެ ލީޑަރުންގެ ކިބައިގައި ރާއްޖޭގެ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ބޭނުންވާ ވިސްނުމާއި ވިޝަން އޮތްތޯ؟ ސުވާލުކުރައްވާފައެވެ. އަދި "ދޭތެރެއަކުން ކޮށްލާ ކަމަކުން" ރާއްޖެ ދެކެން ބޭނުންވާ ބޮޑު މަންޒަރެއް ނުފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.