މި އައްޑަނަ އެމަނިކުފާނަށް އަރުވާފައިވަނީ މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިޔަށްދާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ރައީސް މައުމޫނަށް މި ހާއްސަ އައްޑަނަ އަރުވާފައިވަނީ، އެދުވަހު ދިވެހިންގެ ހާއިނުންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ދިން ނުރައްކާތެރި ބިރުވެރި ހަމަލާއާއި ގުޅިގެން މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގާލާ ރާއްޖެ ހިފުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި އޭރުގެ ދިވެހި ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެމަނަކިފާނުގެ ހިކުމަތްތަރެިކމާއި އެކު ވިސްނުންތެރިކަމާއި އެކު އެޅުއްވި މުހިއްމު ހަރުދަނާ ފިޔަވަޅުތަކާއި އަދި އަދި އެމަނިކުފާނު ކުރެއްވި ތައުރީފު ހައްގެ މަސައްކަތްޕުޅުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރެއްވެމުގެ ދޮތުން ދިވެހި ދައުލަތުން އެރުވި އައްޑަނައެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.
ނޮވެމްބަރު 3 ގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އެރުވުމުގެ ތެރެއިން އެމަނިކުފާނުގެ އާއިލާއާއި އެކު
މިއަދުގެ ޖަލްސާގައި ސަރުކާރުންވަނީ ނޮވެމްބަރު 3ގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކޮށް އެ އާއިލާތަކަށް ހަނދާނީ އައްޑަނައެއްވެސް އަރުވާފައެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
ނޮވެމްބަރު 3ގެ ހަމަލާދިނުމުގައި އެންމެ އިސްކޮށް ތިބި ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރު ހައްޔަރުކޮށް އެމީހުންގެ މައްޗަށް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން، މެރުމުގެ ހުކުމް އިއްވިއެވެ. އެހެންނަމަވެސް އޭރުގެ ގާނޫނު އަސާސީން އޭރުގެ ރައީސް މައުމޫމަށް ލިބިދޭ ބާރުގެ ދަށުން، އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަަކަށެވެ. އެއީ 25 އަހަރެވެ.