ads
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް ކައިރި
އެފްސީޕީ އާ އިމާރާތަކަށް ބަދަލުކުރުމަށް ނިންމައިފި
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޑިޕާޓުމަންޓުގެ ހިދުމަތް މާފަންނު ޓީޖެޓީ ކުރިމަތިން ހަދަމުންދާ އާ އިމާރާތަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
Advertisement

މި ނިންމުމަކީ ޖާގައިގެ ދަތިކަމުގެ ސަބަބުން ފުލުހުންގެ ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ނިންމި ނިންމުމެކެވެ.

މިހާރު އެފްސީޕީގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ އިމާރާތަކީ ޖާގައިގެ ގޮތުން ވަރަށް ބޮޑަށް ދަތިވެފައިވާ އިމާރާތެއްކަމަށް ފުލުހުން ބުންޏެވެ. އަނިޔާ ލިބޭ ފަރާތްތަކާއި ތުހުމަތުކުރެވޭ ފަރާތްތައް އެއް ތަނެއްގައި ބައިތިއްބަން ޖެހުމަކީ މިހާރުގެ އިމާރާތުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. އެފްސީޕީގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ މިފަދަ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އިމާރާތަކަށް ބަދަލުވުމަށް ނިންމީމަަށް އެ ސާވިސް އިން ބުނެއެވެ. 

އާ އިމާރާތުގެ މަސައްކަތް އަދި ކުރިއަށް ދާއިރު، ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރާއި ފުލުހުންގެ އިސް ފަރާތްތަކުން ވަނީ މި އިމާރާތް ބައްލަވާލައްވާފައެވެ. އާ އިމާރާތަށް ބަދަލުވުމުން ޖާގައިގެ އިތުރުން، ހިދުމަތުގެ ފެންވަރު މަތިވެގެން ދާނެކަމަށް ފުލުހުންގެ ހިދުމަތުން އުންމީދުކުރާކަން ފާހަގަކޮށްފައިވެއެވެ. އަދި އެފްސީޕީން ބަލަމުންދާ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ފުލުހުންގެ ހިދުމަތުން އުންމީދުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް