ހައިކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ އިއްޔެއެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، 15 އަށްވުރެ ގިނަ މީހުން ކުރިމަތިލީ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އެ ނަންތަކެއް ޖޭއެސްސީން އަދި އާއްމު ނުކުރެއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލީ މީހުންގެ ނަންތައް ޖޭއެސްސީން އަދި އާއްމުކޮށްފައި ނެތްނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި ޖޭއެސްސީގެ މެންބަރެއްގެ އިތުރުން ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާއި ސީނިއާ ބައެއް ޕްރޮސިކިއުޓަރުން އެ މަގާމަށް ކުރިމަތިލިއެވެ.
ހައިކޯޓުން ދެ ފަނޑިޔާރުންގެ މަގާމް ހުސްވީ، އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމް، ސުޕްރީމް ކޯޓަށް ޕްރޮމޯޓް ކުރުމާއެކުއެވެ.