ads
ބާޒާރުގައި ވިއްކަން ހުރި ބައެއް މޭވާ: އާފަލުގެ އަގު ބޮޑުވިނަމަވެސް ވިކޭ
ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ބޮޑުވެ، އާފަލުގެ އަގު ދެ ގުނައަށް ބޮޑުވެއްޖެ
މާލޭގެ ބާޒާރުގައި އާފަލުގެ އަގު ދެ ގުނައަށް ބޮޑުވެއްޖެއެވެ.
Advertisement

ކުރިން ހަތަރު ނުވަތަ ފަސް ރުފިޔާއަށް ގަންނަން ލިބެމުން އައި އާފަލެއް މިހާރު ގަންނަން ޖެހެނީ ނުވަ ރުފިޔާއަށް ނުވަތަ 

ކުރިން އާފަލު ކޭހެއް 600 ރުފިޔާއަށް ގަންނަން ލިބެމުން އައިއިރު، މިހާރު އާފަލު ކޭހެއްގެ އަގު 1200 ރުފިޔާއަށް އަރާފައިވެއެވެ. 

މާލޭ ނޫން ބައެއް ރަށްރަށުގައި އާފަލެއް ވިއްކަނީ 11 އަދި 12 ރުފިޔާއަށެވެ. 

ދުނިޔޭގެ ބާޒާރުގައި އާފަލުގެ އަގަށާއި ސަޕްލައިއަށް މިވަގުތު ބަދަލެއް އައިސްފައި ނުވިނަމަވެސް، ރާއްޖޭގައި އަގު ބޮޑުވުމުގެ އެއް ސަބަބަކަށް ވަނީ ބްލެކް މާކެޓުގައި ޑޮލަރުގެ އަގު މައްޗަށް ދިއުންކަމަށް ވިޔަފާރިވެރިން ބުނެއެވެ. 

މިހާރު ބްލެކް މާކެޓުގައި އެއް ޑޮލަރު ލިބެން ހުރީ 20 ރުފިޔާއަށް ވުރެން މަތިންނެވެ. ރާއްޖެއަށް އެންމެ ގިނައިން އާފަލު އިމްޕޯޓް ކުރަނީ ސައުތު އެފްރިކާއިން ކަމަށާއި، 2023 ވަނަ އަހަރު ވަނީ ރާއްޖެއަށް ގާތްގަނޑަކަށް ދެ މިލިއަން ކިލޯގެ އާފަލު އެތެރެކޮށްފައިވާ ކަމަށް ލިބެން ހުރި ތަފާސް ހިސާބުން ދައްކައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް