ހަނިމާދޫ ކައުންސިލުން ކުރި އިއުލާންގައި ބުނީ މިއަހަރުގެ މިނިވަންދުވަހާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އަވެލި މޮޑުމުގެ ހަރަކާތް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
އެގޮތުން 500 މީހުންނަށް ވާވަރަށް އަވެލި މޮޑުމަށް ބޭނުންވާތަކެތި ހޯދައިދޭނެ ބަޔަކު ހޯދަން ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
އަވެލި މޮޑެން ބޭނުންވެގެން ކައުންސިލުން ހޯދާ ތަކެތި
އެކި އެކި މުނާސަބަތާއި ދިމާކޮށް ހަނިމާދޫގައި އިޖުތިމާއި ގުޅުން ބަދަހިކުރަން އެކި ކަންކަން އަންނަނީ ކުރަމުންނެވެ. އެގޮތުން އަވަލި މޮޑުމާއި އީސު ސަޔާއި ރޯދަ ވީއްލުންތައް އަންނަނީ ބާއްވަމުންނެވެ.