ads
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން
ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ރިޓަޔާމަންޓަށް ހުއްދަދީފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހުން ފެށިގެން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމަށް ހުއްދަދީފިއެވެ.
Advertisement

ފަނޑިޔާރު މުއުތަސިމް ރިޓަޔާވުމަށް ހުށަހެޅުއްވި ހުށަހެޅުމަށް ޖޭއެސްސީން ހުއްދަދިނުމާއެކު، އެމަނިކުފާނަށް އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށް ޝަރަފްވެރިކަމާއެކު އެ މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް މަގާމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ. އަދި ރަސްމީކޮށް މަސައްކަތަށް ދެން ނިކުމެވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު އެކަންޏެވެ. މުއުތަސިމް އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 2019 ގައެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަކީ މުއުތަސިމްކަމެވެ. މީގެ ކުރިން އައްޔަން ކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ. އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ދިމާވެފައިވަނިކޮށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް