މި ބައްދަލުކުރެއްވުމަކީ ރައީސަށް ހާއްސަކޮށް ދެވުނު ފުރުސަތެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އަދި ރަސްގެފާނު ޗާލްސް ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ދިގު މުއްދަތެއް ވަންދެން ޓާހިރުވެފައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާފައެވެ. ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވިއެވެ.
މި މުހިންމު ބައްދަލުކުރެއްވުން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި ތާ 60 އަހަރު ފުރޭ ޖުބިލީގެ ދުވަސްތަކަށް ކުރިމަތިލާ ވަގުތެއްގައެވެ. 60 އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުމަކީ އިހުތިރާމާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެވޭކަމަށް ރައީސް އޮފީހުން ބުނެއެވެ.