ads
އެއާކެނަޑާގެ ފްލައިޓެއް
ނުބައި ވަހެއް ދުވާތީ އެއާ ކެނެޑާގެ ފްލައިޓެއް ކުއްލި ގޮތަކަށް ޖައްސައިފި
ޕައިލެޓުންނަށް އާދަޔާ ހިލާފު ވަހެއް ދުވުމާ ގުޅިގެން، އެއާ ކެނެޑާގެ ފްލައިޓެއް ނިއު ޒީލެންޑުގެ އޯކްލެންޑަށް ޑައިވާޓްކޮށް، ކުއްލި ގޮތަކަށް ޖައްސައިފި އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ ދަތުރު ކުރަމުން ދަނިކޮށް ބޯޓުގެ ތެރެއިން ނުބައި ވަހެއް ދުވާކަން ފަޅުވެރިންނަށް ފާހަގަ ކުރެވުމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ފްލައިޓް އޯކްލެންޑަށް ޖައްސަން ޖެހުނީ، ވައިގެ ތެރޭގައި އޮއްވައި ޕައިލެޓުންނަށް އެ ވަސް ދުވުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ފްލައިޓް ވަނީ އޯކްލެންޑް އިންޓަނޭޝަނަލް އެއާޕޯޓަށް ސަލާމަތްތެރިކަމާ އެކު ޖައްސާފަ އެވެ. އަދި ބޯޓަށް ދިމާވި މައްސަލަ ދެނެގަތުމަށްޓަކައި ކަމާ ބެހޭ ޓެކްނިކަލް ޓީމުތަކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއާލައިނުން ވަނީ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، މަންޒިލަށް ވާސިލުވުމަށް އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މިފަދަ ހާދިސާތަކުގައި "އާދަޔާ ހިލާފު ވަސް" ދުވުމަކީ ބައެއް ފަހަރު ބޯޓުގެ އިންޖީނަށް ނުވަތަ އެއާ ކޮންޑިޝަން ސިސްޓަމަށް ދިމާވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް