ads
އެސްޓްރޯނޯމާ ކުންފުނީގެ ސީއީއޯ އެންޑީ ބައިރަން، އޭނާގެ ޗީފް ޕީޕަލް އޮފިސަރު ކްރިސްޓިން ކެބޮޓާއެކު
ވަގު ބިޓާއެކު ކޯލްޑްޕްލޭ ޝޯ އެއް ބަލަން ގޮސް ހުއްޓައި މުޅި ދުނިޔެއަށް ފަޅާއަރައިފި
"މިއުޒިކް އޮފް ދަ ސްފިއަރޒް ވާލްޑް ޓުއަރ" ކޮންސަޓުގައި ހިނގާދިޔަ ޖަމްބޯޓްރޮން "ކިސް ކެމް" މޯމަންޓެއްގައި އެސްޓްރޯނޯމާ ކުންފުނީގެ ސީއީއޯ އެންޑީ ބައިރަން، އޭނާގެ ޗީފް ޕީޕަލް އޮފިސަރު ކްރިސްޓިން ކެބޮޓާއެކު ގައިގޯޅިވެގެން ހުއްޓައި މުޅި ދުނިޔެއަށް ފަޅާއަރައިފިއެވެ.
Advertisement

މިކަމާ ގުޅިގެން ކޯލްޑްޕްލޭގެ ލީޑް ލަވަކިއުންތެރިއާ ކްރިސް މާޓިންގެ "މި ދެމީހުން ސިއްރު ގުޅުމެއް ނޯންނަ ނަމަ ލަދެއް ނުގަންނާނެ" މިހެން ބުނެ ޖޯކު ޖެހުމާއެކު މުޅި ހާދިސާ ސޯޝަލް މީޑިއާގައި ވައިރަލްވެ 34 މިލިއަނަށްވުރެ ގިނަ މީހުން މި އެ ވީޑިއޯ ބަލާފައިވެއެވެ.

ޖުލައި 16 ވަނަ ދުވަހު ގިލެޓް ސްޓޭޑިއަމްގައި ބޭއްވުނު ކޮންސަޓުގައި ޖަމްބޯޓްރޮންއަށް ފެނުނު ވީޑިއޯގައި ބައިރަން، ކެބޮޓްގެ ގައިގައި އޮޅުލައިގަނެގެން ހުއްޓައި ދެމީހުން ކެމެރާއަށް ފެނުނުމުން ފިލަން މަސައްކަތްކުރާ މަންޒަރު ފެނއެވެ. މި ދެ މީހުންނަކީ ވެސް ކައިވެނިކޮށްގެން އުޅޭ ދެމީހުންނެވެ. 

ޑޭޓާ އޯކެސްޓްރޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ، 1 ބިލިއަން ޑޮލަރަށްވުރެ އަގުބޮޑު ނިއުޔޯކްގެ ޔުނިކޯން ސްޓާޓްއަޕް ކުންފުނި އެސްޓްރޯނޯމާއިން މިކަމާމެދު އަދި ވަކި ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް އިންޓަރނެޓްގައި ދައުރުވަމުންދާ ސީއީއޯގެ ނަމުގައި ނެރެފައިވާ މާފަށްއެދޭ ޕޯސްޓަކީ ދޮގު ޕޭރަޑީ އެކައުންޓަކުން އުފައްދާފައިވާ އެއްޗެއްކަމަށް ކުންފުނިން ބުންޏެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް