ads
ބީއެމްއެލް މާސްޓަކާޑުން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި
މާސްޓާ ކާޑުން ބޭނުކޮށްގެން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބެލުމުގެ ފުރުސަތު ހުޅުވަލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޮސްޓްރޭލިއާގެ މެލްބަންގައި ބާއްވާ 'އޮސްޓްރޭލިއަން އޯޕަން ފައިނަލް' ބަލައިލަން ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އަންނަ 31 އޮކްޓޯބަރުގެ ނިޔަލަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލް އިން ދޫކޮށްފައިވާ މާސްޓަކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުން ގުރުއަތ ބައިވެރިކުރާނެ އެވެ. 

ބީއެމްއެލް އިން ބުނާގޮތުގައި މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް މަހަކު 10000 މާސްޓާ ކާޑުން ހަރަދު ކުރަން ޖެހޭނެ ކަމަށާއި މި ޕްރޮމޯޝަން ކުރިޔަށް ދާނީ 1 ސެޕްޓެމްބަރުން 2025 އިން ފެށިގެން 31 އޮކްޓޫބަރުގެ ނިޔަލައްކަމަށެވެ. 

ގުރުއަތުން ހޮވާނީ އެންމެ ބޭފުޅެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

މި ގުރުއަތުން ހޮވާލެވޭ ފަރާތަކަށް ދެ މީހުންގެ ދަތުރު ޓިކެޓްގެ އިތުރުން ހުރުމާއި ކެއުން އަދި ފައިނަލް މެޗުތަކުގެ ޓިކެޓްވެސް ލިބިގެން ދާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރެ އެވެ.

އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކުރިއަށް ގެންދަން ނިންމާފައި އޮތީ ޖެނުއަރީ 12 އިން ފެބްރުއަރީ 1 އަށެވެ. މުބާރާތް އޮންނާނީ މެލްބަން ޕާކްގަ އެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބައިނަލްއަގްވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަނެއް ކަމަށް ބޭންކުން ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް