އެކަން ހާމަކޮށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ، ތ. އަތޮޅުގައި ވެސް އައިޑީ ކާޑުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. އަދި މިހާރު 27 ރަށަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަމުން އަންނަ ކަމަށް ޑީއެންއާރްއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ދިވެހީން އެންމެ ގިނައިން އުޅޭ ގައުމުތަކުގައިވެސް މި ހިދުމަތް ދޭން މަސައްކަތް ފަށާފައިވާ އިރު، އެންމެ ފުރަތަމަ އެ ހިދުމަތް ފެށި ގައުމަކީ މެލޭޝިއާ އެވެ.
މީގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް އައިޑީ ކާޑު ހެދުމުގެ ހިދުމަތް ދޭން ނިންމާފައިވެ އެވެ.
މާލެއިން އެކަނި ލިބޭ އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅެކެވެ.