
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިބްރާހިމް ޝަރީފް ހޭޔަމްބޯ ޕްރޮގްރާމުގައި
ފްރީ ޒޯނާއެކު ވީއައިއޭގެ އާ މާސްޓާޕްލޭން ސެޕްޓެމްބަރަށް ނިމޭނެ
ގުފްތަގް އަޖީރު
19 ޖުލައި 2025 - 10:37:47
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް މިހާރު ތައްޔާރުކުރަމުންދާ އާ މާސްޓާޕްލޭންގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ނިމި، އޭގެ ފަހުން ތަންފީޒީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މި އާ މާސްޓާޕްލޭން ތައްޔާރުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވީއައިއޭ ތަރައްގީ ކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް ބިނާކޮށް ކަމަށާއި، މީގައި ފްރީ ޒޯން ފަދަ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ. އަދި މާސްޓާޕްލޭން ލިބުމާއެކު އޭގެ އަމަލީ މަސައްކަތްތައް ވަގުތުން ފަށާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މާސްޓާޕްލޭންގެ ތެރޭގައި ޑޮމެސްޓިކް ޓާމިނަލް އިތުރަށް ތަރައްގީ ކުރުން ހިމެނޭނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އިންޓަނޭޝަނަލީ އެއަރޕޯޓަށް އަންނަ ފަސިންޖަރުން ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާއިރު، ހިދުމަތް އެއް ލެވެލެއްގައި ދޭނަމަ، ޑޮމެސްޓިކް ޓާމިނަލްވެސް ރަނގަޅުވާން ޖެހޭ ކަމަށް ޝަރީފް ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް