
މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ އިތުރުން އެ ގައުމުގެ މަޖިލީހުގެ ތިރިގޭގެ ރައީސް އާއި އޯލް ޕާޓީ ގްރޫޕުގެ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި ވަނީ މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ އާ ގައުމީ ބްރޭންޑެއް "ފްރޮމް މޯލްޑިވްސް"ގެ ނަމުގައި ތައާރަފު ކުރައްވާފަ އެވެ.
މީގެ އިތުރުން މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައިވެސް ރައީސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ 26 ގައެވެ. މި އަހަރަކީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.