ads
އާލާ އިބްރާހިމް ރަޝީދު
ފޭކް ސްލިޕުން ވިޔަފާރިކުރަން އުޅުނު އަންހެނެއް ހައްޔަރުކޮށްފ
ފޭކް ސްލިޕުން ވިޔަފާރިކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފޭކް ސްލިޕަކުން ވިޔަފާރި ކުރަން އުޅުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ސ. ހިތަދޫ، ލޫޒަން، އާލާ އިބްރާހިމް ރަޝީދެވެ. އޭނާގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި އާލާއަކީ މީގެ ހަތް އަހަރު ކުރިން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި އަންހެނަކެވެ. އަދި ކުރިން، ކުއްޔަށް އުޅުނު ގެއަކުން ނުނުކުމެގެން އާލާގެ މައްޗަށް ހުކުމެއް އިއްވާފައިވާ ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.

މި ފަހަރު އޭނާ ހައްޔަރުކޮށްފައިވަނީމަކަރާއި ހީލަތް ހެދުމާއި ހުއްދަ ނޫން ގޮތުގައި ހިދުމަތް ހޯދުމުގެ ތުހުމަތުގައި ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ. 

އަމުރުގައި ބުނީ ހާދިސާ ރިޕޯޓާއި ބަންދުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން އާލާ ވިޔަފާރިކުރަން އުޅެފައިވާކަން އެނގޭ ކަމަށެވެ. އޭނާގެ މައްޗަށް އެ ބާވަތުގެ ގިނަ މައްސަލަތަކެއް މި ވަގުތު ވެސް ތަހުގީގުކުރިއަށް ދާތީ، ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އެބައޮތް ކަމަށް ވެސް އަމުރުގައި ބުންޏެވެ.

މީގެ ކުރިން ނޫސްވެރިއަކަށް އުޅުނު އާލާ، 33، ޑްރަގްގެ މައްސަލައެއްގައި މީގެ ކުރިން ވެސް ހައްޔަރުކޮށް ބަންދުކޮށްފައިވެ އެވެ. މީގެ ހަތް އަހަރު ކުރިން، 2018 ވަނަ އަހަރު ހިންގި ފުލުހުން ހިންގި އޮޕަރޭޝަނުގައި އާލާ ހައްޔަރުކުރީ ތިން ކިލޯގެ ޑްރަގާއެކުގަ އެވެ.

އޭރު ފުލުހުން ތުހުމަތުކުރި ގޮތުގައި އާލާއަކީ މާލެ އާއި ހުޅުމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެކެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް