
ސިޓީ ކައުންސިލުން މިއަދު ބުނީ، ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި "ގްލޯބަލް" ބްރޭންޑުގެ ދެ ޕަމްޕު އެ ކައުންސިލަށް ބޭނުންވާ ކަމަށެވެ.
އެގޮތުން މި ދެ ޕަމްޕު ކައުންސިލަށް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުން، ކައުންސިލް އިދާރާގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައި މާދަމާ ހެނދުނު 10 ޖަހާއިރު އޮންނާނެ ކަމަށާއި، އަގު ހުށަހެޅުން އޮންނާނީ ހަމަ އެ އޮފީހުގައި، މި މަހުގެ 31ވަނަ ދުވަހުގެ، ހެނދުނު ނުވައެއް ޖަހާއިރު ކަމަށް ކައުންސިލުން ބުންޏެވެ.
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ހަމަ އެ އޮފީހު ގައެވެ.
މާލެ ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ގްލޯބަލް ޕަމްޕްތަކުން މިނެޓަކު 11،356 ލީޓަރުގެ ފެން ބޭރުކޮށްލަ އެވެ. ކުރިން ބޭނުންކުރަމުން ދިޔަ ޕަމްޕް ތަކުން ބޭރުކުރެވެނީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެނެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރަން ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މާޗް މަހު ވަނީ "ގްލޯބަލް ޕަމްޕް 6 ޖީއެސްޓީ ސީ މޫވްމަން"ގެ ދެ ޕަމްޕު ގެނެސްފަ އެވެ.