ads
ތިނަދޫ އުތުރު ދައިރާގެ މެމްބަރުން ސައުދުﷲ ހިލްމީ
ކުލި ނުދައްކާތީ ކައުންސިލުން އާއްމުކުރި ލިސްޓުގައި މެމްބަރު ސައުދުގެ ނަން
ސިނާއީ އެކިއެކި ބޭނުންތަކަށް ތިނަދޫ ސިޓީން ކުއްޔަށްދޫކޮށްފައިވާ ބިންތަކަށް ކުލި ނުދައްކައިގެން އާއްމުކުރި ލިސްޓުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ނަން ހިމެނިއްޖެއެވެ.
Advertisement

ތިނަދޫ ސިޓީ ކައުންސިލުން ބުނީ ސިނާއީ އެކިއެކި މަސައްކަތް ކުރުމަށް އެރަށުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް މިދިޔަމަހުގެ ނިޔަލަށް ކުއްޔާ ޖޫރިމަނާގެ ގޮތުގައި 29.9 މިލިއަންނަށްވުރެ ގިނަ ރުފިޔާ ނުލިބިވާކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ ނަންތައް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި މަހަކު އެއްފަހަރު އެ މައުލޫމާތު ހާމަކުރަމުން ގެންދާނެކަމަށްވެސް ތިނަދޫ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާންގައިވެއެވެ. 

ކައުންސިލުން އާއްމުކުރި ލިސްޓުގައި 50 މީހެއްގެ ނަން އެބައޮތެވެ. އޭގެތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ނަންވެސް އެ ލިސްޓުގައިވެއެވެ. 

ކައުންސިލުން ނެރެފައިވާ ލިސްޓުގައިވާ ގޮތުން މެމްބަރު ސައުދުﷲ ހިލްމީ ސިޓީ ކައުންސިލަށް ކުއްޔާ ޖޫރިމަނާގެ ގޮތުގައި 433،133.10 ދައްކަންޖެހެއެވެ. 

ތިނަދޫ ސިޓީ ކައުންސިލުން ބުނީ ބިމަށް ކުލި ދެއްކުމަށް އެ ކައުންސިލްގެ ސިސްޓަމް މެދުވެރިކޮށް ބިން ކުއްޔަށް ހިފާފައިވާ ފަރާތައް ކޮންމެ މަހެއްގެ އެއްވަނަ ދުވަހު މެސެޖެއް ފޮނުވަމުން އަންނަކަމަށެވެ. އަދި ކޮންމެ މަހެއްގެ 10 ވަނަދުވަހުވެސް ހަނދާން ކޮށްދިނުމުގެ ގޮތުން އަލުން މެސެޖެއް ފޮނުވާކަންވެސް ސިޓީ ކައުންސިލުން ބުނެއެވެ. އެ ވަރުންވެސް ފައިސާ ނުދައްކާނަމަ ސިޓީއަކުންވެސް އެކަން އަންގަމުން އަންނަކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް