ads
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކަކޫ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރަނީ
ކުޅުދުއްފުށި ހޮސްޕިޓަލުގައި ކަކޫ ބަދަލުކުރުމުގެ 11 ސާޖަރީ، ކާމިޔާބު
ކުޅުދުއްފުށި ހޮސްޕިޓަލުގައި ކަކޫ ބަދަލުކުރުމުގެ 11 ސާޖަރީ ތިންދުވަހުގެ ތެރޭގައި ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
Advertisement

އެ ހޮސްޕިޓަލުން ބުނީ މި މަހުގެ 16 އިން 19 އަށް ވަނީ ކަކޫ ބަދަލުކުރުމުގެ ސާޖަރީ ކޭމްޕެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އެ ކޭމްޕްގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ހުޅުމާލޭ ހޮސްޕިޓަލްގެ ޑިޕާޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ކަށީގެ ޑޮކްޓަރު ޑރ. އަހުމަދު އާޒިމްކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލު ބުނެއެވެ.

މި ކޭމްޕުގަ ޖުމްލަ  11 ސާޖަރީއެއް ހަދާފައިވާކަމަށް އެ ހޮސްޕިޓަރލުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ޔުނިލޭޓްރަލް އަދި ދެ ބައިލޭޓްރަލް ކޭސްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 

your imageކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކަކޫ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރަނީ 

މި ސާޖަރީތައް ކާމިޔާބުކަމަށާއި އެކަމުގައި އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، އިދާރީ މުވައްޒަފުން ހިއްސާ ވަރަށް ބޮޑުކަންވެސް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. 




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް