ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް -- ފޮޓޯ: އެމްއޭސީއެލް
ޓާމިނަލް ހުޅުވާދުވަހު ސަޕްރައިޒްކޮށްލާ ވަރުގެ ހަވާއެއް އަރުވަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވާ ދުވަހު އެންމެން ސަޕްރައިޒްކޮށްލާ ވަރުގެ ހަވާއެއް އަރުވަން ނިންމާފައިވާކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
Advertisement

އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުން އޮންނާނީ މިނިވަން ދުވަހާއި ދިމާކޮށް އަންނަ ހޮނިހިރު ދުވަހުއެވެ. މި ރަސްމިޔާތު ވަރަށް ކުލަގަދަކޮށް ބާއްވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެެެ. އެގޮތުން ޑްރޯން ޝޯއަކާއި ހަވާ އެރުވުން އޮންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. 

އެކުންފުންނިން ބުނީ އެރޭ އޮންނަ ހަވާއެރުވުމަކީ އެންމެ ސަޕްރައިޒްކޮށްލާނެ ހަވާއަކަށް ވާނެކަމަށެވެ. 

ހުޅުލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ ރައީސުންނަށް ދައުވަތު ދޭން އެމްއޭސީއެލް އިން ވަނީ ނިންމައިފައެވެ. 

މިމަހުގެ 26 ގައި ހުޅުވާ އާ ޓާމިނަލްގައި ޖުމްލަ 12 އެއިރޯބްރިޖް ހުރެއެވެ. މި ބްރިޖުތަލުގެ ފަސޭހަކަމަކީ ބޯޓުން ފައިބައި ގޮތަށް ޓާމިނަލްގެ ތެރެއަށް ވަދެގެން ދެވުމެވެ.

އާ ޓާމިނަލްގެ މަސައްކަތައް ނިންމުމަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރު (261.8 މިލިއަން ރުފިޔާ) ލޯނެއް ދިނުމުގެ އެއްބަަސްވުމުގައި މިދިޔަ އޭޕްރިލްމަހުގެ 14 ވަނދުވަހު ވަނީ ސޮއިކޮށްފައެވެ. އެ ލޯނަކީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަ ލޯނެވެ. އެގޮތުން މީގެ ކުރިންވެސް އެއާޕޯޓްގެ މަސައްކަތަށް ސައުދީ ފަންޑުން ވަނީ   200 މިލިއަން ޑޮލަރުގެ ލޯނު ދީފައެވެ. 

ވެލާނާ އެއާޕޯޓް މަސައްކަތް ނިންމަން ސައުދީގެ އިތުރުންވެސް ބައެއް ގައުމުތަކުން ވަނީ ލޯނު ދީފައެވެ. 

  • އަބޫ ދާބީ ފަންޑުން 90 މިލިއަން ޑޮލަރު
  • އޯޕެކް ފަންޑުން  50 މިލިއަން ޑޮލަރު
  • ކުވޭތު ފަންޑު: 50 މިލިއަން ޑޮލަރު
  • ޗައިނާ އެގްޒިމް ބޭންކުން  373.9 މިލިއަން ޑޮލަރު

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ހަވާލުވީ ސައުދީ ބިންލާދިން ގްރޫޕުންނެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 2016 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް