ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބުރިޖުން ހުޅުމާލެއިން މާލެއަށް ދާ ލޭނުގައި އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 8:50 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އިތުރު މީހަކަށް އަނިޔާވިކަމުގެ ރިޕޯޓް ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކަންވާރެއް މީހެއްގެ ކަރުގައި އެޅުނުކަމުގެ ރިޕޯޓެއް ލިބިފައިވާއިރު ބްރިޖުގެ އިތުރުން ހައިވޭގެ އެކި ހިސާބުތަކުގައި މޫދާ ކައިރީގައި ދޮއްޓާއި ކަންވާރު އޮޅާފައި އޮންނަ ފުޅި ހިފައިގެން މަސްބާނަން އުޅޭ މީހުން ދޭތެރެއަކުން ފެނެ އެވެ.