ads
ވަޒީރުންގެ މަޖިލިސް
އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.
Advertisement

ރައީސް އޮފީހުން މިރޭ ބުނީ ގޮތުގައި ވަޒީރުންގެ މަޖިލިހުން މިގޮތަށް ނިންމީ އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބީއެމްއެލް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާ މެދު ފިނޭންސް މިނިސްޓްރީން ހުށަހެޅި ދިރާސާ ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަކީ ހުއްޓުމެއް ނެތި އަބަދުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ، އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލުމުން އެ ބޭންކުގެ މާލީ ގާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއް ނެތި އަބަދުވެސް ލޯނު ލިބެމުން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

"އެސްޑީއެފްސީ ގަތުމަށް ފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ

ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ފަހު، އެ ތަން ހިނގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިޓިއުޓެއް ގޮތުގައި، ޑިޖިޓަލް ބޭންކިން ނިޒާމުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އިންޓްރެސްޓު ރޭޓުތައް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދިނެވެ. އަދި މި ނިންމުމާ އެއް ގޮތަށް ކަންކަން ހަމަޖެހިގެން ދިޔުމުން ބީއެމްއެލްގެ ވިއުގަ މެދުވެރުކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ފައިނޭންސިން ހިދުމަތް ތައާރަފުވެގެން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެ ހާއްސަ މާލީ ވުޒާރާއެެއް އުފެއްދުމުގެ މަގުސަދުގައި ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން 2019 ގައި އުފެއްދި ބޭންކެކެވެ. އެ ބޭންކުން ވަނީ މިވީ ހަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަކަށް ލޯނު ދޫކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް