ads
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)
ކޭޕާކް މައްސަލައަށް އިންސާފު ނުލިބި ލަސްވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، އަދިވެސް ގިނަ ބަޔަކަށް އިންސާފު ނުލިބި ދިގުލައިގެން ދާތީ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށްޓަކައި ގަރާރެއް ހުށަހަޅައިފި އެވެ.
Advertisement

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ގަރާރުގައި ވަނީ ކޭޕާކުން ފްލެޓު ގަނެފައިވާ މީހުން ސޯޝަލް ހައުސިންއަށް ޝަރުތު ހަމަނުވާ މައްސަލައިގައި ހައްލެއް ހޯދަން އެދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގައި އާދޭސް ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް ހައްލެއް ލިބިފައި ނެތް ކަމަށެވެ.

ކޭޕާކުން ފްލެޓު ގަތުމަށް 100 އަށް ވުރެ ގިނަ މީހުން ފައިސާ ދައްކާފައި ވާއިރު، ބައެއް މީހުން ފްލެޓުގެ ޖުމުލަ އަގު ދައްކާފައިވެ އެވެ. އެތަނުގެ ބައެއް ފްލެޓުތައް އެއް ފަރާތަށް ވުރެ ގިނަ ފަރާތައް ވިއްކާފައިވެ އެވެ.

މި ހާލަތުގައި ތިބި މީހުންނަށް ސޯޝަލް ހައުސިން ސްކީމަށް ޝަރުތު ހަމަނުވުމަކީ އާންމު މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށް މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

"މި މައްސަލަ ހައްލުނުވެ އިތުރު ޒަމާންތަކެއް ފާއިތުވެގެން ހިނގަށްޖެނަމަ އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ނުރައްކާ އޮތް ހިނދު، އިސްވެ ދެންނެވުނު ކަމަކީ ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށް ވެފައި މުޖުތަމައުގެ އާއްމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށްވީ ސަބަބަށް ޓަކައި، މިކަމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި މި ގަރާރު ހުށަހެޅީމެވެ،" ގަރާރުގައިވެ އެވެ.

ފާހަގަކުރެވޭ ގޮތުގައި ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި، މައްސަލައަށް އިންސާފުނުލިބި ދިގުލައިގެން ދާތީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.

އާންމުންގެ ފަރާތުން 50 ސޮޔާއެކު އިބްރާހީމް ނަސީމް ރިޒާގެ ނަމުގައި ހުށަހަޅާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުން، ކޭޕާކް ރެޒިޑެންސްގެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ޒިންމާ ނަގަން އިންކާރުކޮށް، މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ.

ކޭޕާކް ރެޒިޑެންސާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެތެރޭގެ ރިވިއުތަކެއް ހަދާނެ ކަމަށް އެޗްޑީސީން ބުނި ކަމަށާއި، ނަމަވެސް ދެ އަހަރު ވީއިރު މި މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް، އެ ސިޓީގައި ބުނެފައިވެ އެވެ.

އެހެންވެ މިކަމުގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް އާއިލާއަކަށް ކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން މާލީ، ގާނޫނީ އަދި ނަފުސާނީ ދަތިތަކާ އާއިލާއިން ކުރިމަތިލާން ޖެހިފައިވާ ކަމުގައި އެ ސިޓީގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް