ads
އެމް.ޑަބްލިއު.އެސް.ސީ ގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު
ޑީސެލް ނުލާ ފެން އުފައްދާ ފުރަތަމަ ރަށަކަށް ކުޅުދުއްފުށި ވެގެންދާނެ: މަތީން
ހދ. ކުޅުދުއްފުށި ވެގެން ދާނީ ޑީސެލްއާ ނުލާ ފެން އުފައްދައި ފެން ބޭނުން ކުރާ ފުރަތަމަ ރަށަށް ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސެވްރެޖް ކޮމްޕަނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

މަތީން މިހެން ވިދާޅުވީ "ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެވެ.

މަތީން ވިދާޅުވީ، އެމްޑަބްލިއުއެސްސީ އިން އަމަލީ ގޮތުން މަސައްކަތް ފަށައި މި އަހަރު ތެރޭގައި ހދ. ކުޅުދުއްފުށީގައި ފެން އުފެއްދުމުގެ މަސައްކަތް މުޅިން އާ ގޮތަކަށް ކުރަމުންދާ ތަން ފެނިވަޑައިގަންނަވާނެ ކަމަށެވެ. މި މަސައްކަތް ކުރަމުންދަނީ ޖަޕާނު ސަރުކާރުގެ އެހީގައި ކަމަށްވެސް މަތީން ވިދާޅުވި އެވެ.

"ހދ. ކުޅުދުއްފުށީގައި ވަނީ މުޅިން އާ ގޮތަކަށް ފެން އުފެއްދުމުގެ އަމަލީ މަސަތްކަތް ފަށާފަ ކަން ރައްޔިތުންނަށް މި އަހަރު ތެރޭގައި ފެނިވަޑާއިގަންނަވާނެ، މި މަސަތްކަތް ކުރަމުން މި ގެންދަވަނީ ޖަޕާނު ސަރުކާރުގެ އެހީގައި" މަތީން ވިދާޅުވި އެވެ.

މަތީން އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ތަނެއް ކަމަށާއި އެކަންތައްތަކަކީ ބަލައިގަނެ އަދި ދެނެގަނެގެން ކުރެވޭނެ ކަންތައްތަކެއް ކަމަށެވެ. ނަމަވެސް، މި ކަންތައްތައް ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ހުންނަ ކަމަށްވެސް މަތީން ވިދާޅުވި އެވެ.

މީގެ އިތުރުން އިރުގެ އަލި އެއީ ހަކަތަ އުފެއްދުމަށް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށާއި، ވީހާވެސް ބޮޑަކަށް އިރުގެ އަލި ބޭނުންކޮށްގެން އަވިން ހަކަތަ އުފައްދައިގެން ބޭނުން ކުރުން އެއީ އަމާޒަކަށް ވާންޖެހޭ ކަމެއް ކަމަށް ވެސް މަތީން ވިދާޅުވި އެވެ. މި އަމާޒަށް ވާސިލުވުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިއްމު ކަމެއް ކަމަށް މަތީން ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް