ads
ފެނަކަ
އެޕޯލޯއަށް މަހަކު ތިން މިލިއަން ދައްކަން ފެނަކައަށް އަންގައިފި
އެޕޯލޯ ހޯލްޑިންސް އަތުން ފެނަކަ ކޯޕަރޭޝަނުން ކްރެޑިޓަށް ނަގާފައިވާ މުދަލަށްވާ ފައިސާގެ ތެރެއިން ހުކުމްކޮށްފައިވާ 27.1 މިލިއަން ރުފިޔާ ދައްކާ ހަލާސް ކުރުމަށް، ކޮންމެ މަހަކުވެސް މަދުވެގެން ތިން މިލިއަން ރުފިޔާ ދައްކަން ކޯޓުން އަމުރުކޮށްފި އެވެ.
Advertisement

މިއީ އެޕޯލޯ ހޯލްޑިންސް އަތުން ފެނަކަ ކޯޕަރޭޝަނުން  ކްރެޑިޓަށް ނަގާފައިވާ މުދަލުގެ އަގުގެ ތެރެއިން ނުދީހުރި 27.1 މިލިއަން ރުފިޔާ ތިން މަސް ތެރޭ ދައްކަން ފެނަކައިގެ މައްޗަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ކުރި ހުކުމުގެ ތަންފީޒު މަރުހަލާއިން ކުރި އަމުރެކެވެ. މި އަމުރު ސިވިލް ކޯޓުން ފެނަކައިގެ މައްޗަށް ކުރީ މިދިޔަ ހަފްތާގައެވެ.

އެޕޯލޯއިން ފެނަކައާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރީ 2020 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏަށް ފެނަކައިން ދޭންޖެހޭ ފައިސާ ހޯދުމަށެވެ. އަދި އެ ފައިސާ ދޫނުކޮށް ލަސްކުރަމުންދާތީ ލިބެމުންދާ ގެއްލުމުގެ ބަދަލާއި ގާނޫނީ ހަރަދަށް ދިޔަ ފައިސާ ނަގައިދިނުމުގެ ހައްގު އޮތްކަން ކަނޑައަޅައިދޭން އެދިފައިވެ އެވެ. މި މައްސަލައިގައި ފެނަކައިން ކޯޓުގައި ޖަވާބުދާރީވެސް ނުވިއެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ އެޕޯލޯއިން ފޯރުކޮށްދިން މުދަލަށްވާ 27.1 މިލިއަން ރުފިޔާއަކީ ފެނަކައިން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ. އެހެންވެ އެ ފައިސާ ތިން މަސް ތެރޭ ދައްކަން އަމުރު ކޮށްފައިވެ އެވެ. އެކަމަކު އެ ފައިސާ ދައްކާފައި ނެތުމުން، މައްސަލަ މިހާރު ތަންފީޒު މަރުހަލާއަށް ގޮސްފައިވާއިރު، ތަންފީޒުން އެންގީ މަހަކު ތިން މިލިއަން ރުފިޔާ ދައްކާށެވެ.

ފެނަކައިގެ ހަތަރު ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތްއިރު، ގިނަ ފަރާތްތަކުން ވަނީ ފައިސާ ހޯދަން ފެނަކައާ ދެކޮޅަށް ދައުވާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް