ads
ހެނބަދޫގައި އަލަށް އަޅާ މިސްކިތުގެ ބިންގާ އެޅުން - ފޮޓޯ: ރައީސް އޮފީސް
ހެނބަދޫގައި ފިޓްނަސް ސެންޓަރާއި އަލަށް އަޅާ މިސްކިތުގެ ބިންގާ އަޅައިފި
ނ. ހެނބަދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
Advertisement

ހެނބަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މިސްކިތުގެ ބިންގާ އަޅާފައިވަނީ ރައީސް، ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުން ވެސް ވަޑައިގެންނެވި އެވެ.

މީގެ އިތުރުން ހެނބަދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުއްވީ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މި މިސްކިތަކީ ހެނބަދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދީނީ އަޅުކަންތައް އަދާކުރުމަށާއި ދީނީ އިލްމު ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު މަރުކަޒެކެވެ.

your image ހެނބަދޫގައި އަލަށް އަޅާ ފިޓްނަސް ސެންޓަރުގައި އިންޑޯ ޖިމްގެ ބިންގާ އެޅުން - ފޮޓޯ: ރައީސް އޮފީސް

މި މަސައްކަތް ފެނަކައާ ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު، ހެނބަދޫގައި އަލަށް އަޅާ މިސްކިތަކީ ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭ ގޮތަށް ތަރައްގީކުރެވޭ މިސްކިތެކެވެ. އަދި މިސްކިތް އޭސީކޮށް ސޯލާ ކަރަންޓު ބޭނުންކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. 

މި މަޝްރޫއަކީ 365 ދުވަސްތެރޭ ނިންމާގޮތަށް ހަވާލުކުރެވުނު 11،616359 ރުފިޔާގެ މަޝްރޫއެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް