ads
މާފަރު އެއާޕޯޓުގައި ޖެޓްތަކެއް ޕާކުކޮށްފައި - ފައިލް ފޮޓޯ
މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ޓޫރިސްޓް ހޮޓަލެއް އަޅަނީ
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އިންޓަނޭޝަނަލް ފެންވަރުގެ ރަގަޅު ޓާމިނަލަކާއި ޓޫރިސްޓުންނަށް ތިބެވޭނެހެން ހޮޓަލެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެ މަނިކުފާނު ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން މާފަރަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އެކަށީގެންވާ ފެންވަރުގެ ރަންވޭއަކާ އެކު މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 

އަދި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އަދިވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތާއި ޓޫރިސްޓުންނަނަށް ހާއްސަ ހޮޓަލެއް ހޮޓަލެއް ވެސް ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މި އަތޮޅުގަ ވަރަށް ގިނަ ރިސޯޓް ތައް ވަރަށް ގިނަ އެނދުތައް ހުރުމާ އަދި އިތުރު ވުމުގެ މަރުހަލާގަ އުޅުމާ އެކީގަ ވަރަށް ބޮޑު ޕޮޓެންޝިއަލް އެއް އެބަ އޮތް، ހަމަ އެއާ އެކު ޓޫރިސްޓުން އައިސް ފުރުމާ ދޭތެރޭގައި މަޑު ކުރަން ނޫނިއްޔާ މަޑުކޮއްލަން ވަގުތީ ގޮތުން ބޭނުން ކުރެވޭހެން ހުންނަ ހޮޓަލެއް ބިނާ ކުރަން ޕްލޭން އެބަ އޮތް" ރައީސް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ އެކަމާ ގުޅޭ ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެއާޕޯޓަށް ގެންނަން ބޭނުންވާ ވަށައިޖެހިފައިވާ ފުރިހަމަ އެއާޕޯޓަކަށް ހެދުމަށް ޓާމިނަލްގެ މަސައްކަތާއި އަދި ހޮޓެލެއްގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވި އެވެ.

މާފަރު އެއާޕޯޓަށް ވައިޑް ބޮޑީ މަތިންދާ ބޯޓަށް ޖެއްސޭ ވަރަށް ތަރައްގީކޮށް ހުޅުވާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

ގައުމީ އެއާލައިންއިން ބަލަހަަށްޓަކުން ގެންދާ މި އެއާޕޯޓު ހުޅުވުމަށްފަހު ހިންގި ތަރައްގީ ކުރުމުގެ ދެވަނަ މަަޝްރޫއު ނިމިގެން ދިއުމާއެކު މިހާރު މި އެއާޕޯޓްވެފައިވަނީ ވިއައިއޭ އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ވަައިޑް ބޮޑީ ބޯޓު ޖެއްސޭ ހަމައެކަނި އެއާޕޯޓަށެވެ.  


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް