ads
ބަންގްލާދޭޝްގައި މިއަދު ސްކޫލެއްގެ ތެރެއަށް ޖެޓެއް ވެއްޓުނު ހާދިސާއަށް ފަހު އެތަނުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތްކުރަނީ. - ފޮޓޯ: އޭއެފްޕީ
ސްކޫލެއްގެ މައްޗަށް ޖެޓެއް ވެއްޓި ބަންގްލާދޭޝްގައި 19 މަރު
ބަންގްލަދޭޝްގެ އަސްކަރީ ޖެޓެއް ސްކޫލެއްގެ މައްޗަށް ވެއްޓި 19 މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެ އެވެ.
Advertisement

ފަހުގެ ތާރީހެއްގައި އެ ގައުމުގައި ހިނގި ވައިގެ ދަތުރުފަތުރުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ސްކޫލްގެ ދަރިވަރުންނެވެ.

އެ ހާދިސާގައި، ބޯޓު ވެއްޓުނު ސަރަޙައްދުގައި އަލިފާން ރޯވެ، ދުން ބޯވެފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުވެފައިވާއިރު، ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ 20 މީހުންގެ ތެރޭގައި އެ ސްކޫލްގެ ދަރިވަރުން ގިނަ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބަންގްލަދޭޝް އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ވަނީ ވެއްޓިފައިވަނީ، އެފް-7 ބީޖީއައި މަރުކާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއްކަން ކަށަވަރުކޮށްދީފައެވެ. ބަންގްލަދޭޝްގެ ފަޔަރ ޑިޕާޓްމަންޓުގެ އޮފިލަކު ވަނީ އެ ހާދިސާގައި އެކަކު މަރުވެ، ހަތަރު މީހަކު ޒަޚަމްވެފައިވާކަން ޔަޤީންކޮށް ދެއްވައިފަ އެވެ. ނަމަވެސް، އިތުރު ތަފްޞީލެއް ނުދެއްވަ އެވެ.

ބަންގްލާދޭޝްގައި މިހާރު އޮތް ވަގުތީ ސަރުކާރުން ވަނީ މި ހާދިސާއާ ގުޅިގެން، މާދަމާ އަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމަށް އިއުލާނުކޮށްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް