ads
އީސީގެ ރައީސް ޒާހިދާއި މެންބަރުން މިއަދު އޮތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި: އެދުނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް އޮންނަ މުއްދަތު އިތުރުކޮށްދޭން -- ފޮޓޯ/ މަޖިލިސް
އީސީން އެދެނީ ހިޔާލު ހޯދުމުގެ ވޯޓް ނަގަންޖެހޭ މުއްދަތު އިތުރުކޮށްދޭން
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށްޓަކައި ގާނޫނެއް އުފެއްދުމަށް ހުށަހެޅި ބިލުގައި، އެފަދަ އިންތިޚާބެއް ބާއްވަން ކަނޑައަޅާފައިވާ 90 ދުވަހުގެ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
Advertisement

ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސް އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގައި އާންމުން ފެންނަ ނުފެންނަ ގޮތެއް ހޯދަން އެހުމަށެވެ.

އެ ބިލުގައި ބުނީ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން ހޭދަވާން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށެވެ.

އެ ބިލަށް އީސީގެ ހިޔާލު ހޯދުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް، މުހައްމަދު ޒާހިދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނަގަން ހާއްސަ ގާނޫނެއް ވުޖޫދު ކުރުމަކީ އެފަދަ ވޯޓްތައް ނެގުމާ ގުޅޭ ކަންކަން ރައްޔިތުންނަށް ސާފުވެ އުސޫލުތައް އެކަށައެޅޭނެ ކަމެއް ކަމަށެވެ.

"ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ގޮތަށް ކަންކަން ސާފުވެގެން ގާނޫނެއްގައި އޮވެގެން މިފަދަ ވޯޓުތައް ނެގުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ތާއިދުކުރާ ކަމެއް މަރުހަބާ ކިޔާ ކަމެއް،" ޒާހިދު ވިދާޅުވި އެވެ.

މި މަހުގެ ނުވަވަނަ ދުވަހު، މަޖިލީހުގެ 62 މެންބަރުންގެ އިއްތިފާގުން އެ ބިލު ވަނީ ބަލައިގެންފައެވެ. އެ ބިލުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް