
"ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މަތީން ވިދާޅުވީ ފެން އުފައްދާ ފެން ފުރޭނުމަށް ބޭނުންވާ ޕްރެޝާ ކަނޑުގެ އަޑީގައި ވާ ކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުން ގެންދާ ޕަމްޕްތައް އެއްގަމުގައި ބަހައްޓައިގެން ފެން ފުރޭނުމަށް ބޭނުން ކުރާ އިރު ޕްރެޝާ ޑިފަރެންސެއް ގެނެވޭ ނަމަވެސް ކަނޑުގެ އަޑިން ފެން ފުރޭނުމަށް ގުދުރަތީ ޕްރެޝަރެއް ލިބޭ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.
އަދި އެކަމުގެ ސަބަބުން ފެން ފުރޭނުމަށް ބޭނުން ކުރެވޭނެ ހަކަތައިގެ މިންވަރު ކުޑަ ވާނެ ކަމަށާއި އެއީ ތިމާވެއްޓަށް ވެސް ފައިދާ ވާނެ ކަމައް ކަމަށް މަތީން ފާހަގަކުރެއްވި އެވެ.
ކަނޑުގެ އަޑީގަ ޕަމްޕްތައް ބަހައްޓައިގެން ފެން އުފެއްދުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށާއި ޔޫރަޕްގެ މި ވަސީލަތްތަކުގެ މަސަތްކަތް ކުރާ ބަޔަކާ އެކީގައި މިދިޔަ އަހަރު ތެރޭގަ އެމްއޯއީ ގައި ސޮއިކުރެވިފައިވާނެ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.
މަތީން އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ތަނެއް ކަމަށާއި އެކަންތައްތަކަކީ ބަލައިގަނެ އަދި ދެނެގަނެގެން ކުރެވޭނެ ކަންތައްތަކެއް ކަމަށެވެ. އަދި އެއީ ދުނިޔޭގަ އެހާ ފުޅާ ދާއިރާއެއްގައި އަދި އަމަލީ ގޮތުން ވިޔަފާރި ދާއިރާގަ ކުރާ ކަމަކަށް ނުވާތީ ގޮންޖެހުން ތަކަކާ ދިމާވާ ކަމަށް ވެސް މަތީން ވިދާލުވި އެވެ.