ads
އެމްއެމްއޭ
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އަދަދު އިތުރުކޮށްފި
އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 10 ޕަސެންޓު ބޮޑުކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭން ނިންމައިފި އެވެ.
Advertisement

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތަކަށް ޑޮލަރު ސަޕޯޓު ދޭން ބޭންކުތަކަށް ދޫކުރާ ޑޮލަރު 10 ޕަސެންޓު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

މި ހަފުތާއިން ފެށިގެން މި ބަދަލު ގެނައުމާއެކީ، ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 ޕަސެންޓަށް އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ. މިހާރު ބޭންކުތަކުން ޑޮލަރު ސަޕޯޓުގެ ގޮތުގައި ލިބެނީ 30 ޕަސެންޓެވެ.

ބޭރު ފައިސާގެ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް ވިއްކަން ޖެހޭ އަދަދު 60 ޕަސެންޓުން 90 ޕަސެންޓަށް ބޮޑުކުރީ ހުސްވި މަހުން ފެށިގެންނެވެ. އެމްއެމްއޭއިން ބުނީ އިތުރަށް މާރުކުރާ ޑޮލަރުތައް ވެސް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު ވިއްކަމުން އަންނަ ކަމަށެވެ.

"މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަމަހަމަ ނިޒާމެއްގެ ތެރެއިން، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން" އެމްއެމްއޭއިން ބުންޏެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް އެމްއެމްއޭއިން ބުނެ އެވެ. މިއަހަރުވެސް ދަރަނި އަދާކުރުމަށް 174 މިލިޔަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ. މިއީ ފާއިތުވި އަހަރުގެ މިމުއްދަތުގައި ދަރަންޏަށް ދައްކާފައިވާ ވަރަށްވުރެ 51 އިންސައްތަ އިތުރު އަދަދެއްކަމަށް އެމްއެމްއޭއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް