
އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ބުނީ އެ ކުންފުނީގެ ވައިޑް ބޮޑީ ބޮޑީ ބޯޓު އޭ 330 އަށް ކެޕްޓަނަކު ބޭނުންވާކަމަށެވެ
އެ މަގާމުގެ ޝަރުތަކުގެ ތެރޭގައި އައިކާއޯ އޭޓީޕީއެލް ލައިސަންސް އޮތުމާއި އެ މަރުކާގެ ފްލައިޓް އުދުހުމުގައި މަދުވެގެން 12 މަސް ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މީގެއިތުރުން އައިލޭންޑް އެވިއޭޝަނުން ވަނީ އެ ކުންފުނިން ދުއްވަމުން އަންނަ އޭޓީއާރްއަށް ކެޑޭޓް ޕައިލެޓުންވެސް ހޯދަން އިއުލާންކޮށްފައެވެ.
އޭޓީއާރް ކެޑޭޓް ޕައިލެޓްގެ ޝަރުތުތަކުގެ ތެރޭގައި ކޮމާޝަަލް ޕައިލެޓް ލައިސަންސް މަލްޓި އިންޖީން އިންސްޓްރުމަންޓް ރޭޓިން އޮތުމާއި އޭޓީޕީއެލް(އޭ) ތިއަރީން އިން ފާސްވުން ހިމެނެއެވެ.
މި މަގާމުތަކަށް ކުރިމަތިލާ ބޭނުންވާ ފަރާތަކަށް އެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.