އެ ކައުންސިލުން ވަނީ މިކަން ކޮށްދޭން ޝައުގުވެރުވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޕްރޮޕޯޒަލް ހުށައަޅަން ޖެހޭނީ މި އަންނަމަހުގެ 04 ވާ ހޯމަ ދުވަހުގެ 09:00 އަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ. ކައުންސިލުން ވަނީ ތަފާތު ހަތް ވައްތަރެއްގެ ގާ ހޯދަން އިއުލާންކޮށްފައެވެ.
ކައުންސިލުން ބޭނުންވާ ގަލުގެ ބާވަތާއި އަދަދުތައް
ސިޓީ ކައުންސިލުން ބުނީ މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލުން ދައްކާތާކަށް މިތަކެތި ގެންގޮސް ދޭން ޖެހޭނެކަމަށެވެ.
މާލޭ މަގުތައް ހަދަން ކައުންސިލުން ގާ ހޯދަން އިއުލާންކުރިއިރި ސަރުކާރުން ވަނީ މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ޗައިނާގެ ހިލޭ އެހީގެ ދަށުން ހަދަން ނިންމާ އެ މަސައްކަތް ފެށިކަން އިއުލާންކޮށްފައެވެ. އަދި މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެެރޭ ފަށާނެކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.