
މި ރެއިޑުގައި މާލޭގެ ކެފޭއެއް ބަލައި ފާސްކޮށް، ޖުމްލަ 9 މީހަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 1 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން ދިލްބަހާރުމަގުގައި ހިންގި ރެއިޑެއްގައި 31 ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. އަދި ހުޅުމާލޭގައި ހުންނަ "ރަށު މާރުކޭޓު" ސަރަހައްދުގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި 37 ބިދޭސީންވެސް ހައްޔަރުކޮށްފައިކަމަށް އެ ސާވިސް އިން ބުނެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި އަންނަނީ ހިންގަމުންނެވެ.
ސަރުކާރުން އަމާޒުކުރަނީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަތައް ޖުމްލަ ހައްލެއް ގެނައުމަށެވެ.