ads
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުން: ބައްދަލުވުންތަކުގައި އެމްޑީޕީ ބައިވެރި ނުވޭ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު އާންމުންގެ ފެންނަ/ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން އެއްކައިރިވެއްޖެއެވެ.
Advertisement

ކޮމިޓީގެ ބައްދަލުވުމަށް ހުރިހާ ސިޔާސީ ޕާޓީއަކަށް ދައުވަތު ދިންއިރު، އެމްޑީޕީ އާއި ޕީއެންއެފްގެ ބޭފުޅުން ވަޑައިނުގަންނަވައެވެ.

ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އާއި އެމްއެންޕީ އަދި އަދާލަތު ޕާޓީން ބައްދަލުވުމަށް ދިޔައެވެ. 

ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވީ ބިލު ދިރާސާކުރުމުގައި މި ދާ ދުވަސްތަކުގައި އެ ޕާޓީތަކުން ވެސް ކޮންމެވެސް ދުވަހެއްގައި ވަޑައިގެން މައުލޫމާތު ހިއްސާކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަހައްދާ ގުޅޭ ކަންކަމުގައި އާންމުން ފެންނަ ނުފެންނަ ގޮތެއް ހޯދަން އެހުމަށެވެ.

އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރެފަރެންޑް ނުވަތަ ފެންނަ/ނުފެންނަ ވޯޓެއް ކުރިއަށް ގެންދެވޭނީ އާންމުން ހޭލުންތެރިކުރުމަށް ފަހުގައި ކަމަށް ވެފައި، އެހެން އިންތިހާބުތަކެކޭ އެއްގޮތަށް 45-120 ދުވަހުގެ މުއްދަތެއް ދީފި ނަމަ ފަސޭހަވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް