ads
ދިވެހި ފުލުހުން އިންޑިއާގައި ވީއައިޕީ ޓްރެެއިނިން ހެދުން
ދިވެހި 10 ފުލުހުން އިންޑިއާގައި ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން ހަދައިފި
އިންޑިއާގެ ނޮއިޑާގައި ހުންނަ ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔަ ހާއްސަ ތަމްރީނެއްގައި ބައިވެރިވި ދިވެހި ފުލުހުންގެ 10 އޮފިސަރުން އެ ތަމްރީނު ކާމިޔާބުކަމާއެކު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފިއެވެ.
Advertisement

އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްއިން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ މި ޖުލައި މަހުގެ 8 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ތަމްރީނެކެވެ. 

މި ތަމްރީނުގައި ދިވެހި ފުލުހުންނަށް ވީއައިޕީ ސެކިއުރިޓީއާ ގުޅުންހުރި ގިނަ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. މީގެ ތެރޭގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޓެކްޓިކްސް، ވެޕަންސް ޓްރެއިނިން، ޓެކްޓިކަލް ޓްރެއިނިން އަދި ފިޒިކަލް ޓްރެއިނިން ހިމެނެއެވެ.

ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ޑިރެކްޓާ ޖެނެރަލް ގިޔަނެންޑްރަ ޕްރަޓާޕް ސިންޙެ ވިދާޅުވީ ތަމްރީނު ފުރިހަމަކުރި ދިވެހި ފުލުހުންގެ ޑިސިޕްލިން ވަރަށް ރަނގަޅު ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ ފުރުސަތުތައް ދިވެހި ފުލުހުންނަށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ދިވެހި ފުލުހުންގެ ވީއައިޕީ ސެކިއުރިޓީ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މި ތަމްރީނަކީ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް