ފުލުހުން ދެންމެ ބުނީ ޔާމީން ބްރިޖް މަތިން ފުންމާލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ގ. ގާނެޓް، އުމުރުން 30 އަހަރުގެ ޔާމީން ސިނަމާލެ ބްރިޖުން ފުންމާލާތަން ފެންނަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ފަތިހު 3:24 ގައި ކަމަށެވެ.
ޔާމީން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ 14 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ބެލުމުގެ ތެރޭ، ޔާމީން ފުންމާލާ މަންޒަރު ފެނިފައި ވާތީ އެކަން އާއިލާއާ ހިއްސާކޮށް އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.