ޖިއްދާއަށް އުމްރާވެރިން ގޮވައިގެން ފުރަތަމަ ފުރި މޯލްޑިވިއަންގެ ފްލައިޓް ފުރީ މިއަދުއެވެ.
މޯލްޑިވިއަނުން ބުނީ މިމަހު ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ޖަމާއަތެއްކަމަށްވާ ދަ ޓްރެވަލާ ގްރޫޕުގެ ހަވާލުގައި އުމްރާއަށްދާ އުމްރާވެރިން ދަތުރުކުރާނީ އެ އެއާލައިންގައިކަމަށެވެ.
މި ޖުލައި މަހު 750 އަށްވުރެ ގިނަ އުމްރާވެރިން މޯލްޑިވިއަންގައި އުމްރާއަށް ދަތުރުކުރާނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން އުމްރާ ދަތުރުވެރިން ގޮވައިގެން ކުރި ފުރަތަމަ ދަތުރަށް މީހުން ބޯޓަށް އަރަނީ 
މިއަހަރު ހައްޖަށް ދިޔަ ބައެއް މީހުންވެސް ސައުދީއަށް ދަތުރުކުރީ މޯލްޑިވިއަންގައެވެ. އެގޮތުން ހައްޖުވެރިންގެ ދެ ގްރޫޕެއްގެ މީހުން ގޮވައިގެން މޯލްޑިވިއަން މިފަހަރު ވަނީ ޖިއްދާއަށް ދަތުރުކޮށްފައެވެ.