އެނގިފައިވާ ގޮތުގައި ވެއްޓިފައިވަނީ ހަވާއީގެ އާއި ތަކަންދޫގެއާ ދެމެދު ރާނާފައި ހުރި ހަތް ފޫޓު އުސް، 70 ވަރަކަށް ފޫޓު ދިގު ފާރެކެވެ.
ހަވާއީގެ ތަޅާލައި، އެތަނުގައި އާ އިމާރާތެއް އަޅަން ފެށީއްސުރެ އެ ފާރު ވެއްޓިދާނެ ކަމުގެ ބިރު ހީވެ، އެކަމުގެ އިންޒާރު ގޭގެ މީހުން ދިިޔައީ ދެމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް މައުލޫމާތު ލިބެ އެވެ.
ފާރު ވެއްޓިގެން ރިޕޯޓްކުރުމުން މިހާރު އެ ސަރަހައްދުގައި ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ފުލުހުންގެ އިތުރުން ސްޓެލްކޯގެ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުން ނެވެ.