ޕެންޝަން އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހުނު 4 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓު ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް 200،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕެންޝަން ބުނެއެވެ.
ސީއެސްއާރު ގްރާންޓް ޕްރޮގްރާމަކީ ޕެންޝަން އޮފީހުގެ ފަރާތުން މުޖުތަމައުގެ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ޕެންޝަން އޮފީހުގެ ވެބްސައިޓުން ލިބޭނެ އެވެ.