ކޭޕްޓައުން ސިޓީ ކައިރީގައި އާންމުކޮށް ފެތުމަށް ކުރާ ދަތުރުގައި އިންފްލުއެންސަރު މިޝެލް ސްކައި ހޭވަރޑް ފަހަކަށްއައިސް ބޮޑު ހައިރާންކަމަކާ ކުރިމަތިވިއެވެ. އޭނާ ފެތުމަށް ދިޔަ ފެންގަނޑު އޮތީ އާދަޔާ ހިލާފަށް ކިލަނބުވެފައި އަދި ބޮޑެތި ފޮނުތަކެއް އުފެދިފައި ކަމަށް ފާހަގަކުރެވުނު ނަމަވެސް، އޭނާ އެ ފެންގަނޑުގައި ފެތުމަށްފަހު އެކަން ޓިކްޓޮކްގައި ޙިއްސާކުރުމުން މައްސަލައިގެ ހގީގަތް ހާމަވެގެން ދިޔައެވެ.
ޓިކްޓޮކްގައި މިޝެލް ހިއްސާކުރި ވީޑިއޯއަށް ކޮމެންޓްކުރި ގިނަ ބައެއް ފާހަގަކުރިގޮތުގައި އޭނާ ފެތުނީ ނަޖިސް ފެން އެކުލެވޭ ފެންގަނޑެއްގައި ކަމަށް ބެލެވެއެވެ.