މި ހަރަކާތް ފެށީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި) ގެ ބައިވެރިވުމާއެކުއެވެ.
އެޗްޑީސީން ބުނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ދަށުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށެވެ.
ކޮމިއުނިޓީ އެންގޭޖުމަންޓް އިތުރުކުރުމުގެ މަގުސަދުގައި ވެސް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓުގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.